ރައްޔިތުންގެ އަޑު: އަހަރު ނިމުނު އިރުވެސް އޭދަފުށިން، ގޯތިލިބޭ ލިސްޓު އިއުލާން ނުކުރެވުނު. ކިހިނެއް މިވީ؟

dfd.jpg

އޭދަފުށީ ހިއްކިބިމާއެކު، ފައިނަލް ކޮށްފައިވާ ލޭންޑްޔޫސް ޕްލޭންގެ ފޮޓޯއެއް. ހިއްކިބިމުން 158 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި / ފޮޓޯ އޭދަފުށި ކައުންސިލް

ނޯޓް: ”ރައްޔިތުންގެ އަޑު“ މިއީ ބ.އަތޮޅުގެ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައިވާ ސަފްހާއެކެވެ. ފުރަތަމަ ބޭނުމަކީ އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެމަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ލިބޭ ފައިދާ ނުވަތަ ގެއްލުމާ ބެހޭ ގޮތުން ޚިޔާލު ފާޅު ކުރެވޭ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމެވެ. ހަމައެފަދައިން އަމިއްލަ ޖަމާއަތުން ނުވަތަ ވަކި ފަރުދެއްކަމަށް ވިޔަސް ރަށުގައި ހިންގާ ހަރަކާތަކުން ރައްޔިތުން ނަސް ލިބޭ ގެއްލުމެއް ނުވަތަ ފައިދާއެއްގެ ވާހަކަ ބުނަން ބޭނުންވާ މީހުންނަށް މި ނޫސް މެދުވެރިކޮށް ހާމަ ކޮށްދިނުމެވެ. ތިޔަ ބޭފުޅުންގެ ޚިޔާލަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒު ކުރެވިފައިވަނީ އޭދަފުށީ ކައުންސިލަށެވެ. އޭދަފުށިން ގޯތި ދިނުމުގެ ކަންތައް އޮތީ ކިހާ ހިސާބެއްގައިތޯ ކުރެވޭ ސުވާލެވެ.

ސ:އޭދަފުށިން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމްތައް އިވެލުއޭޓް ކޮށް ނިމުނު މިދިޔަ އަހަރު ފަހުކޮޅު އަޑުއެހީމެވެ. އަދި ފައިނަލް ލިސްޓް، އާންމުންގެ ހިޔާލުހޯދުމަށް 2020 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވާލެވޭވަރު ވާނޭކަމަށް އޭރު ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް އަހަރު ނިމުނު އިރު އެއްވެސް ހަބަރެއް ނުވިއެވެ. ލިސްޓް އަދިވެސް ފައިނަލް ނުކުރެވެނީތޯ؟

ޖަވާބުދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން

” ތެދެއް ތިޔަ ވިދާޅުވީ. 662 ފޯމް ޗެކްކޮށް ޕޮއިންޓް ދީ މިހާރު މިވަނީ ނިމިފައި. ކުރިން އަޅުގަނޑު އުއްމީދު ކުރީ ގޯތި ލިބޭ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާއަށް ޑިސެމްބަރ މަހުގެ ފަހުކޮޅު ހުޅުވާލެވޭވަރު ވާނޭކަމަށް. އެކަމަށްޓަކައި ގޯތި ވިލަރެސް ކޮމެޓީގެ ހުރިހާ މަސައްކަތެއްވެސް ނިންމުނު. އެހެންނަމަވެސް ފަހު މަރުހަލާގައި ގާނޫނީ ގޮތުން ދިމާވި ބައެއް މައްސަލަތައް ހައްލުކުރުމާއި، ބައެއް ކައުންސިލްތަކުން ސާފުކުރަންޖެހުނު މައުލޫމާތު ލިބުން ލަސްވުންފަދަ ކަންކަމާހުރެ ލިސްޓް އާންމު ނުކުރެވި މިއޮތީ. ހައުސިން މިނިސްޓްރީންވެސް ބައެއް ކަންކަން ސާފުކުރަން އެދި އަދިވެސް ޖަވާބު ނުލިބި މިއޮތީ. އެކަން އަދިވެސް މަޑުނުކޮށް މިކުރަނީ. އަޅުގަނޑު އުއްމީދު ކަނޑައެއް ނުލަން ވަގުތީ ލިސްޓު މި މަހުވެސް އާއްމު ނުކުރެވޭނެ ކަމަކަށް.  އެހެންނަމަވެސް އިދާރީ ހުރިހާ ކަމެއް ސާފުކޮށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް” ތޮލާލް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top