އައިޑީކާޑު ޕްރިންޓް ކުރެވޭ ފުރަތަމަ ރަށަކަށް ގއ.ވިލިނގިލި

Capture-5-quc0sn4uzt3vjza8yhoaqn8w8yzn0s7pjtcd6pvwyc.png

ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރަންފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އިހްސާން، ފޮޓޯ: ދާޚިލީ ވުޒާރާ

މާލެ ފިޔަވައި އައިޑީކާޑު ހަދައިދޭ ފުރަތަމަ ރަށެއްގެ ގޮތުގައި ގއ. ވިލިނގިލީގައި މިއަދު އެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއަދުން ފެށިގެން ގއ.ވިލިނގިލިން އައިޑީކާޑު ޕްރިންޓުކޮށް ވެރިފަރާތާއި ހަވާލުކުރެވޭނެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވިލިނގިލީގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ވަޒީރު އަލީ އިހްސާން އެވެ.

އައިޑީ ހަދަންފެށި ފަހުން 40 އަހަރު ވެފައިވާއިރު އެޚިދުމަތް މިހާތަނަށް ދީފައިވަނީ ހަމައެކަނި މާލެއިންނެވެ.

މި ޚިދުމަތް ދެމުން އަންނަނީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިންނެވެ.

އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި ގއ. އަތޮޅު ކައުންސިލާއި، ޑީއެންއާރު އެއްބަސްވެ ސޮއިކުރީ 17 ޖުލައި 2024 ގައެވެ.

މީގެ ކުރިން ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑަށް އެދި ހުށަހެޅުމުގެ ހިދުމަތް ދިނެވެ. ނަމަވެސް 2022 ވަނަ އަހަރު ވަނީ ޑީއެންއާރުގެ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެ ގޮތަށް ހަދައިފަ އެވެ. އެގޮތުން ކާޑު ޕްރިންޓުކުރުމަށް ފަހު، މާލެ އިން ކާޑުތައް ފޮނުވައިގެން ކައުންސިލްތަކުން ދޫކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top