މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން އޮގަސްޓުމަހު ފަށާނެ

GM5aCcfWEAAHmEH-850x548-1.jpeg

މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން އަންނަ އޮގަސްޓު މަހު ފަށާނެ ކަމަށް ގައުމީ ޔުނިވާސިޓީ, އެމްއެންޔޫއިން ބުނެފިއެވެ.

ރާއްޖޭގައި މަސްވެރިކަމާބެހޭ ކޮލެޖެއް ގާއިމް ކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެމްއެންޔޫއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ އެ ކޯސްތައް ފެށުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރެވެމުން އަންނަ ކަމަށެވެ.

މާލޭގައި ގާއިމް ކުރާ މި ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނުމާއި ޔުނިވާސިޓީގައި މިހާރުވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ހިމެނޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

އެމްއެންޔޫއިން އަންނަނީ ދަނޑުވެރިކަމާ ބެހޭ ކޮލެޖެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ޝެހެނާޒް ވިދާޅުވީ, މި ކޮލެޖު ގާއިމް ކުރާނީ ރާއްޖޭގެ ބިންބޮޑު ރަށެއްގައި ކަމަށެވެ.

މިހާރު އަންނަނީ މި ކޮލެޖުގެ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކަމަށާއި ކޯސްތައް ހިންގުމަށް ޔުނިވަރސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާއެކީގައި އެމްކިޔުއޭގެ ހުއްދައަށް އެދޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top