އޭދަފުށީގައި 1000 ހައުސިންޔުނިޓް އަޅަނީ

1-1.jpg
އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އެޅުމަށްނިންމައި އެމަސައްކަތް ފަށައިފި އެވެ. 

މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭޝިއަލް ޕްރޮޕޯސަލް ހެދުމުގެ މަސައްކަތް ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމަށް މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ޕޭން ގުއާންޒޫ އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޭދަފުށީގައި1000 ހައުސިންގ ޔުނިޓްއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަން ރައްޔިތުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެންނެވީ މިދިޔަ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެެވެ.

”ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުން ދާއިރު ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނަން. އެކަން ކުރިއަށް އެދަނީވެސް ހަމަ އިއްޒަތްތެރި މެންބަރުގެ އިޚްލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. ސަރުކާރަށް އެމަޝްރޫއު ގެނައުމުގައި، ސަރުކާރުން އެހުއްދަތައް ހޯދުމަށް ޓަކައި އެފެށިގެން ދިޔަ އިނީޝިއަލް މަރުހަލާގެ ތެރެއިން ހުރިހާ ކަމެއްގައި އިސް ނެންގެވީ ތިޔަބޭފުޅުންގެ ހައްގުގައި ސަލީމް “އޭދަފުށީގައި އޮތް ޖަލްސާއެއްގައި އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސޮއި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ސަލީމް ވިދާޅުވީ ވަރަށް އަވަހަށް އޭދަަފުށީގައި މޫދަށް އެރުމަށް ޚާއްސަ ތަނެއް ހެދުމުގެ މަސައްކަތްވެސް ފެށިގެން ދާނެކަމުގައެވެ.

”އެތަނުގެ ކުރެހުން ފޮނުވަން އޭދަފުށީ ކައުންސިލަަށް މިހާރުވާނީ އެދިފަ. ކުރެހުން ލިބުމާއެކު ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެކަންވެސް ހިނގައިގަންނާނެ. “ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަކީ އޭދަފުށީގެ އުމުރާނީ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަސްތަކެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top