އޯ ލެވެލް އިމްތިހާންގެ ނަތީޖާ ދޫކުރަން ފަށައިފި

exam.jpg

މި އަހަރުގެ އެސްއެސްސީ އިމްތިހާނާއި އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ނަތީޖާތައް ދޫކުރަން މިއަދު ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ސެންޓަރުތަކަށް މިއަދު ލިބޭނެ ކަމަށެވެ.

އެގޮތުން އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހެނދުނު 9:00 ގައި، އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރުތަކަށް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެއާއެކު ސެންޓަރުތަކުން ކެންޑިޑޭޓުންނަށް ހަމަ މިއަދު ނަތީޖާ ދޫކުރަމުން ގެންދާނެއެވެ.

އަދި ޕްރައިވެޓްކޮށް ޑީޕީއީގައި އިމްތިހާނު ހެދި ހުރިހާ ކެނޑިޑޭޓުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށް ޑީޕީއީ އިން ބުނެއެވެ.

ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަތީޖާ ރީޗެކް ކުރުމަށް އެދި ހުށަހަޅަން ޖެހޭނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކަށެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނު ފެށީ މިދިޔަ އެޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި, އައިޖީސީއެސްސީ އިމްތިހާނު ފެށީ މޭ މަހުގެ ދެވަނަ ދުވަހުއެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އެއީ, މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރުވުމެކެވެ.

އައިޖީސީއެސްސީ އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވިއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރުވުމެކެވެ.

އޯލެވެލް އިމްތިހާން ނިމުނީ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top