އޭދަފުށީ ދާއިރާއަށް އެފްއޭއެމް އިން ފުޓްބޯޅަ ހަދިޔާ ކޮށްފި

viber_image_2020-10-05_13-43-35.jpg

އޭދަފުށީ ދާއިރާއަށް އެފްއޭއެމް އިން ހަދިޔާ ކުރި ފުޓްބޯޅަތަކާ ހަވާލު ވުން.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޓުބޯޅަ ހަދިޔާ ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އޭދަފުށީ ދާއިރާގެ ތިންރަށް ކަމުގައިވާ  އޭދަފުއްޓާއި ހިތާދުއާއި މާޅޮހަށް ފުޓްބޯޅަ ހަދިޔާ ކޮށްފި އެވެ.

ފުޓުބޯޅަތައް ހަވާލު ކުރެއްވީ އެ އެސޯސިއޭޝަންގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ޝިބާ އާއި ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ

އެފްއޭއެމްގެ މި އެހީ، ހަވާލު ކުރުމަށް ހަމަޖެހިފައި އޮންނަނީ ދާއިރާގެ މެންބަރުންނާއެވެ. ނަމަވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާލާސްކަންފުޅާ އުޅުއްވާތީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ފުޓްބޯޅަތަކާ ހަވާލުވެލެއްވީ މެންބަރު ސަލީމުގެ އެދިވަޑައިގަތުމުގެ މަތިން އޭދަފުށީގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަދި މަޝްހޫރު ސަލްސާ ކުންފުނީގެ ދަށުން އޭދަފުށީގައި ސަލްސާ ރީޓްރީޓް ހިންގަވަމުން ގެންދަވާ މއ.ފްރީޕާކް އިބްރާހީމް އާމިރެވެ.

.

ފުޓްބޯޅަ އެސޯސިއޭޝަން އިފް މޯލްޑިވްސް (އެފް އޭއެމް) އިން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޓްބޯޅަ ދޭން ނިންމަާފައިވާއިރު ކޮންމެ ރަށަކަށް ދޭން ނިންމާފައިވަނީ 10 ފުޓްބޯޅަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ) ކުރިން ވިދާޅުވީ މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ. އެކަމަކު މިހާރުގެ ހާލަތާއެކު މުބާރާތް ބޭއްވޭނެ ގޮތެއް ނެތުމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެވެސް މަޝްވަރާއާއެކު އެފްއޭއެމުން ނިންމީ ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top