ރިސޯޓު މުވައްޒަފުންނަށްވެސް ކަރަންޓީނު ނުވެ ރަށަށް ދެވޭނެ

78etkxIZFAWdyD9q3BYt.jpg

ރިސޯޓު މުވައްޒަފުންނަށް ވެސް ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ 2 ހަފްތާ ވުމުން ކަރަންޓީނު ނުވެ ރަށަށް ދެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ވެކްސިންގެ ދެވަނަ ޑޯޒަށް ދެ ހަފްތާ ވުމުން ރިސޯޓު މުވައްޒަފުން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބެން ނުޖެހޭނެ ކަމަށެވެ. އެކަމަކު އެ ނިންމުމަށް އަމަލުކުރަން ފަށާނީ ކޮން ތާރީޚަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން ރޭ ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފައެވެ.

އެގޮތުން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާ ރަށްރަށަށް ކަރަންޓީނުނުވެ ދަތުރުކުރެވޭނެ ކަމަށާއި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އާންމުކޮށްފަ އެވެ.

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top