އެއް މިލިއަން ލިޓަރުގެ ބިޔަ ދެ ތާނގީ ބަނދެ ފެނުގެ މަސައްކަތް އަވަސްކޮށްފި

jg.jpg

ސޮނެކް އިން އޭދަފުށީގައި ބަންނަމުން އަންނަ ތާނގީތަކުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީގެ ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އޭދަފުށީގައި އެއްމިލިއަން ލިޓަރުގެ ދެ ތާނގީ ބަނދެ މަސައްކަތުގެ ސްޕީޑް ވަރަށް ހަލުވިކޮށްފިއެވެ.

މިދިޔަ އޯގަސްޓްމަހު ފެށި މިމަސައްކަތުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ލަންކާގެ ކޮންޓްރެކްޓަރ ސެނޮކްއިން މިހާރު ވަނީ ނިންމާފައެވެ. ޕްލާންޓްގޭގެ މަސައްކަތް މިހާރުވަނީ ވަރަށް ހަތަރު ތާނގީއެއް ބަނުމުގެ މަސައްކަތް މިހާރު ކުރިޔަށް ދެއެވެ.

ސެނޮކް ކުންފުނީގެ އޭދަފުށީ ސައިޓްގެ ޕޯސްޓް ކޯޑިނޭޓަރ މުހައްމަދު ރާމިޒް ވިދާޅުވީ ޕްލާންޓް ގޭގައި ޖުމްލަ ހަ ތާނގީ ބަންނާނެ ކަމަށާ، އޭގެ ކެޕޭސިޓީ ތިން މިލިއަން ލިޓަރަށްވުރެ ގިނަވާނެކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރިޔަށްދާ ސްޕީޑަށް ބަލާއިރު އަންނަމަހުގެ ތެރޭގައި ޕްރޮޖެކްޓްގެ މައިގަނޑު މަސައްކަތްތައް މުޅިން ނިމޭނެކަމަށެވެ.

“އެއްމިލިއަން ލިޓަރުގެ ދެ ޓޭންކް މިބަންނަނީ. އެއަށްވުރެ ކުޑަ ހަތަރު ޓޭންކް. ވަރަށް ފެންވަރު ރަނގަޅު ޓޭންކް ތަކެއްމީ. 100 އަހަރުގެ ގެރެންޓީ މިޓޭންކްތަކުގައި އޮންނާނެ. ޓޭންކްތަނުގެ މަސައްކަތް ގާތްގަނޑަކަށް ދެން މިނިމުނީ. ހައުސް ހޯލްޑް ކަނެކްޝަނާ، އޮފީސް އިމާރާތް ދެން ޕްލާންޓްތައް އިންސްޓޯލް ކުރުން ކުރިޔަށް އޮންނާނީ. އޭޕްރީލްތެރޭ ބޮޑުބައި މުޅިން ނިމޭނެ”

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ތެރޭގައި އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. ސެނޮކް އިން ބުނީ އޭދަފުށީގެ 500 އަށްވުރެ ގިނަ ގޭބިސީއަށް ހައުސް ކަނެކްޝަން ހަދަން ހަމަޖެހިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top