ލަނޑެއްނުޖެހި ދެޓީމްވެސް އެއްވަރު

IMG-66169b1ebc7b64ea56196e84bf0e87b7-V.jpg

އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އާއި ބ. އަތޮޅު ތައުލީމީ މަރުކަޒު (ބއތމ) ބައްދަލުކުރި މެޗު އެްްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް އެއްވަރުގެ ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ފުރުސަތުގެ ބޭނުން ނުހިފި ދިޔަކަން ފާހަގަ ކުރެވުނެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ބުނީ މިއަދު އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މިއީ ޕޮޒިޓިވް ނަތީޖާއެއް ކަމަށެވެ.

ތައުލީމީ މަރުކަޒުގެ ދެވަނަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ. ވާދަކުރަން ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލް އާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top