ބ.އަތޮޅު ތައުލީމީ މަރުކަޒާ ސީއެޗްއެސްސީގެ ކުރިމަތިލުން މިއަދު

baec-2.jpg

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރސްކޫލް ފުޓްބޯލަ މުބާރާތުގައި މިއަދަކީ ބޮޑު ދުވަހެކެވެ. އެއްކޮޅުން ބ.އަތޮޅު ތައުލީމީ މަޒުޒުގެ ޓީމް ބައްދަލު ކުރާއިރު އެޓީމާ ވާދައަށް ނުކުންނަނީ އިންޓަރސްކޫލްގެ އެންމެ ގަދަ ބާރުގެ ގޮތުގައި ބެލެވޭ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ )ގެ ޓީމެވެ.

މި މެޗަށް ޓީމްް ނުކުންނައިރު ޓީމްގެ ކޯޗް މުހައްމަދު ޒާހިދު (ބައްޓޭ )ގެ ހާސްކަމެއް ނެތެވެ.

“ޓީމް އޮތީ ރަނގަޅު ފޯމެއްގައި .ސީއެޗްއެސްސީގެ ޓީމަކީ ވަރުގަދަ ޓީމެއްކަން  އެނގިގެން މިނުކުންނަނީ. ސަޕޯޓަރުންގެ އެހީއާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު. ” ކޯޗް ބައްޓޭ ބުންޏެވެ.

ޓީމުގެ މެނޭޖަރު އަބްދުލް ފައްތާހު މުހައްމަދު އެދެނީ ވީހާ ގިނަ ބަޔަކު ގޮސް ޓީމަށް ސަޕޯޓް ކުރުމަށެވެ. އޭނާ ބުނީ ބ. އަތޮޅުގެ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ގޮސް، ޓީމަށް ސަޕޯޓްކުރުން ވަރަށް މުހިއްމު ކަމަށެވެ.

“އަޅުގަނޑުމެންނަކީ ގަލޮޅު ދަނޑަށް އާ ބައެއް. އެހެން ވުމާއެކު އަޅުގަނޑުމެންނާ ބައިވެރިވެ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަޑައިގަތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންް ދާނެ.  އަޅުގަނޑުމެންގެ އެދުމަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުސްކުޅި ދަރިވަރުންނާއި މާލޭގައި ދިރިއުޅޭ ބ. އަތޮޅުގެ ހަމަ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ގޮސް، ޓީމަށް ސަޕޯޓްކުރުން. ” ފައްތާހު ބުންޏެވެ.

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ވާދަކުރަނީ 18 އަހަރުން ދަށުގެ ބައިގަ އެވެ. ބއތމ އާއި ސީއެޗްއެސްއީގެ އިތުރުން  ދެން ބައިވެރިވެފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

18 އަހަރުން ދަށުގެ ޝެޑިއުލް

17 މާޗު، (ހޮނިހިރު)، ސީއެޗްއެސްއީ – ބއތމ
19 މާޗު، (ހޯމަ)، ވިލާ ހައި ސްކޫލް – އަހްމަދިއްޔާ
22 މާޗު، (ބުރާސްފަތި)، ސީއެޗްއެސްއީ – އަހްމަދިއްޔާ
23 މާޗު (ހުކުރު)، ބއތމ – ވިލާ ހައި ސްކޫލް
25 މާޗު (އާދީއްތަ)، ވިލާ ހައި ސްކޫލް – ސީއެޗްއެސްއީ
26 މާޗު، (ހޯމަ)، ބއތމ – އަހްމަދިއްޔާ

މެޗުފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top