”ސްޓާލިންކް“ އަށް މިއަދު ލައިސަންސް ދޫކުރަނީ

1653825599098-2048x1151-1.jpg

ރާއްޖެއަށް ހައި ސްޕީޑް އިންޓަނެޓް ޚިދުމަތް ދިނުމަށް އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިޔަނަރު، އީލޮން މަސްކްގެ އަމިއްލަ ޖައްވީ ކުންފުނި، ސްޕޭސް އެކްސް އިން ހިންގާ “ސްޓާލިންކް” އަށް ރާއްޖެއިން މިއަދު ހުއްދަ ދިނުމަށް ނިންމައިފި އެވެ.

ސްޓާލިންކަށް ދިވެހި ސަރުކާރުން ހުއްދަދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

އިލޮން މަސްކްގެ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެ އަށް އިންޓަނެޓްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވަނީ މިދިޔަ އަހަރު ކުރީކޮޅުގައި އެ ކުންފުންޏާ މަޝްވަރާ ވެސް ކުރައްވައިފަ އެވެ.

ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުތަކަށް ދެމުން ގެންދެއެވެ. އޭގެ ތެރޭގައި ޔޫރަޕާއި ދެކުނު އަދި އުތުރު އެމެރިކާގެ ގައުމުތައް ހިމެނެ އެވެ. އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑް ވެސް ހިމެނެ އެވެ.

ސްޓާލިންކް އިން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވެސް އެކުންފުނިން ވަނީ ހަދައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top