ބެޑްމިންޓަން : ކްލަބް އޭދަފުށި ފައިނަލަށް

73091487_753454538433902_666760957938106368_n.jpg

ބެޓްމިންޑަން އެސޯސިއޭސަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮއްގެން މާލޭގެ ކުޅިވަރު އެކުވެނި އިންޑޯ ގައި މިހާރު ކުރިއަށްދާ ގައުމީ ބެޓްމިންޑަން މުބާރަތުގެ ފައިނަލަށް ކްލަބް އޭދަފުށި ހިނގައްޖެ އެވެ.

ކްލަބް އޭދަފުށި ފައިނަލަށް ދިޔައީ ސެމީ ފައިނަލް މެޗުގައި ރޭ ގޯޅި ސްޕޯޓްސް ކްލަބާ ވާދަކޮށް 2-3 އިން ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.

ފައިނަލް ގައި ކްލަބް އޭދަފުށި ވާދަކުރާނީ ކްލަބް ޔުނެއިޓެޑް ވިކްޓަރީ އާއެވެ. މެޗް ފެށޭގަޑިއަކީ މިރޭ 8 ޖަހާއިރެވެ

ކްލަބް އޭދަފުށިން ވަނި އަތޮޅު ބެޓްމިންޑަން ލީގް 5 ފަހަރު ކާމިޔަބު ކޮއްފައެވެ. ހަމަ އެއާއެކު ޖެހިޖެހިގެން ތިން އަހަރު މުބާރާތް ކާމިޔާބު ކުރުމަށްފަހު ތަށި މިލްކު ކޮށްފައެވެ..

މިރޭގެ ފައިނަލްމެޗަށް ތަރުހީބު ދެއްވުމަށް ޓީމަށް ސަޕޯޓްކުރާ ހުރިހާ އެންމެންވެސް ވަޑައިގަތުމަށް ކްލަބް އޭދަފުށިން ދައުމަތު ދެއްވަ އެވެެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top