އޮފީސްތަކުގެ ފުޓްސަލް މުބާރާތް 1 ސެޕްޓެމްބަރުގައި ފަށަނީ

dfsf.jpg

އޭދަފުށީގެ އޮފީސްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުންއަންނަ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ދަށުން މިއަހަރުގެ މުބާރާތް އަންނަ ސެޕްޓެމްބަރމަހުގެ 1 ވަނަދުވަހު ފެށުމަށް ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމީ މިހަފްތާގެ ކުރީކޮޅު އޮފީސްތަކުގެ ވެރިންނާއެކު އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ބޭއްވި ބައްދަލުކުރުންތަކަށްފަހުއެވެ. މިއަހަރުގެ މުބާރާތްވެސް އިންތިޒާމްކުރަން ނިންމާފައިވަނީ ޕޮލިހުންނެވެ.

ކޮންބައިން ޓީމްތަކާއެކު މިއަހަރުގެ މުބާރާތަށް 9 ޓީމެއް ނެރުމަށް ބައްދަލުވުންތަކުންވަނީ އެއްބަސްވެވިފައެވެ. އެގޮތުން ވަކިން ބައިވެރިވާގޮތަށް ހަމަޖެހުނީ ފެނަކަ، އަތޮޅު ކައުންސިލް، ހޮސްޕިޓަލް، ޕޮލިސް ޓީމްކަމަށް އިންތިޒާމް ކޮމެޓީން ބުނެއެވެ. އެކޮމެޓީން ބުނީ ކޮންބައިން ކުރާނީ އުރީދޫ/މީޑިއާ/ކޯޓް ހިމެނޭ ޓީމާ، ސްކޫލް/ޕީޖީ/ފެމެލީ ސެންޓަރު ޓީމް އަދި އެސްޓީއޯ/ރަށުކައުންސިލް ޓީމްގެ އިތުރުން ބޭންކް/ވިލާ ކޮލެޖް ޓީމާ، ދިރާގު/ބަޔޮސްފިޔާ ރިޒާވް ޓީމެވެ.

އޮފީސްތަކަށް ހުޅުވާލައިގެން މިއަހަރު އަތޮޅުކައުންސިލުންވެސް އޮފީސްތަކުގެ ފުޓްސަލް މުބަރާތެއް ބޭއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top