ރިސޯޓްމުބާރާތް : އަމިއްލަފުށީގެ މައްޗަށް އަނަންތަރާ ކުރި ހޯދައިފި

DSCN0058.jpg

އަނަންތަރާ އައި އަމިއްލަފުށި ވާދަކުރި މެޗުގެ ތެރެއިން - އީވީ ފޮޓޯ /ޝާހިރު

އޭދަފުށީ ޓާފް ދަނޑުގައި މިޙާރު ކުޅެވެމުންދާ ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯލް މުބާރާތުގައި މިއަދު ކުޅެވުނު މެޗުން 1-3 އިން އަމިއްލަފުށީގެ މައްޗަށް އަނަންތަރަ ކުރި ހޯދައިފިއެވެ.

މި މެޗުން ބަލިވި ނަމަވެސް މުބާރާތުގައި އަމިއްލަފުށި ކުޅުނު ފުރަތަމަ މެޗުން ފިނޮޅު ރިސޯޓް އަތުން ވަނީ މޮޅުވެފައެވެ.

މިއަދު މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އަނަންތަރާއިންނެވެ. މެޗުގެ 12 ވަނަ މިނިޓުގައި އެޓީމަށްލީޑު ހޯދައިދިން ލަނޑު ޖަހާފައިވަނީ ހުސެން ހަންނާން އެވެ. މި ލަނޑަށް ފަހު އެންމެ ތިން މިނިޓްގެ ތެރޭގައި އެޓީމުގެ ހުސެން ނަޒީހު އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކުރިއެވެ. އަނަންތަރާގެ ދެލަނޑަށް ފަހު އަމިއްލަފުށީގެ ކުޅުން ރަނގަޅުކޮށް މެޗުގެ 29ވަނަ މިނިޓުގައި އެޓީމްގެ އިޖާޒް އީސާފުޅު ލަނޑެއް ޖަހައި ސުން ކަނޑުވާލިއެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ކުޅެމުން ދިޔައީ ވަރަށް ހަމަ ހަމަ ކުޅުމެކެވެ. އެހެންނަމަވެސް އަނަންތަރާއިން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 1-3އަށް ބަދަލު ކޮށްލާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވާފައިވަނީ އަނަންތަރާގެ އަހްމަދު އަޝްރަފު ޔޫސުފެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ރޯޔަލް އައިލެންޑް ރިސޯޓާ ސޮނެވާފުއްޓެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top