އޭދަފުއްޓަށް އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ގެނެސްފި

viber_image_2019-07-31_12-16-57.jpg

ކަރަންޓްގެ މައްސަލައަށް ހައްލެއް ބޭނުންވެފައިވާ އޭދަފުއްޓަށް މިއަދު އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ގެނެސްފިއެވެ.

އޭދަފުށީ އިންޖީނުގެއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ގެނައި އާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ އެވެ. ހަމަ އެއާއެކު ނެޓްވޯކް، ހައިވޯޓޭޖު ނެޓްވޯކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

އޭދަފުށީގެ ކަރަންޓަށް ދިމާވެފައިވާ މަސަލަ ހައްލުކުރުމަށްޓަކައި އޭދަފުއްޓަށް މިއަދު ގެންދިޔަ ޖަނަރޭޓަރ ބަހައްޓައިނިމި ކަރަންޓްދޭން ފެށުމުން އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އިންޖީނުގެ އިން ބުނެއެވެ.

އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިދިޔަ އަހަރުގެ ހޫނުމޫސުމުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވުމާ ގުޅިގެން އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ އަހްމަދު އަންވަރު އޭރު ވިދާޅުވީ އިންޖީނުގޭގައި ހުރި ކެޕޭސިޓީން މިރަށަށް ފުދޭ ވަރު ނުވާކަމާއި މިކަން ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމުގައެވެ. އޭގެފަހުން މިދިޔަ އަހަރު 800ކވ އިންޖީނެއްވެސް އޭދަފުށީގައި ވަނީ ބަހައްޓާފައެވެ.

އާ އިންޖާނާ އެކު އޭދަފުށީގެ ކޭބަލް ނެޓްވާކް ބަލިކަށިވުމުގެ މައްސަލައަކީ ވެސް ހައްލު ވާން ޖެހޭ ކަމެކެވެ. މީގެ ފަސްވަރަކަށް އަހަރުކުރިއްސުރެ އާންމުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. 2017ވަނަ އަހަރު ފަހުކޮޅު ފެނަކަ ހެޑްއޮފީހާ ހަވާލާދީ ބ. ރީޖަނަލް އޮފީހުން އޭރު ބުނެފައިވަނީ 2018 ވަނައަހަރު އޭދަފުށީގައި ހައިވޯލްޓޭޖް ކޭބަލް ނެޓްވޯކެއް ގާއިމްކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މިކަމާބެހޭ އިތުރު ޚަބަރެއް އާންމުވެފައެއް ނުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top