ދަރަވަންދޫ ދޯދި ޕިކްނިކް އަދި ކޭމްޕިން ސަރަހައްދު ގާއިމު ކުރުމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ

big_O2XwafUrRq5Qjqq3pHRsC3eIK.jpg

ކޮމިޔުނިޓީ ފަންޑުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް--ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓްގެ ތެރޭގައި ބ. ދަރަވަންދޫ އެކުވެރި ޒުވާނުން ހުށަހެޅި ދޯދި ޕިކްނިކް އަދި ކޭމްޕިންގ ސަރަހައްދު ގާއިމްކުރުމުގެ ޕްރޮޖެކްޓް ހޮވައިފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ޕްރޮޕޯސަލްތަކަށް ފުރުސަތު ހުޅުވާލީ މިއަހަރުގެ މާޗް މަހު އެވެ.

ދަރަވަންދޫގެ އިތުރުުން މިފަހަރު ހޮވުނު ޕްރޮޖެކްޓްތަކުގެ ތެރޭގައި ރ. ދުވާފަރުގައި ކުޑަކުދިންގެ ސްކޭޓް ޕާކެއް ތަރައްގީ ކުރުމާއި ޏ. ފުވައްމުލަކުގައި ބެލެނިވެރިންނާއި ދަރިވަރުން މަޑުކޮށްލައިގެން ތިބޭނެ ހިޔާވާ ތަނެއް ގާއިމުކުރުމާއި ގދ. ހޯޑެއްދޫ އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުން ހިމެނެ އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top