ވެކްސިން ދެ ޑޯޒަށްފަހު ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ: ނަސީމް

Enk4bSVWEAATYzs.jpg

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

ކޮވިޑް ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށްފަހު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ، ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ، ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރަށް ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ވެސް ނުޖެހޭނެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ދަތުރުފަތުރުގެ ފަސޭހައަކަށް ރާއްޖެ އިން ކޮވިޑް-19 ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

”ވެކްސިން ނުޖަހާ ނަމަ، ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކެއް މެދުވެރިވުން ގާތް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ގްރީން ކާޑު ތައާރަފްކޮށްފަ” މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އެންމެން ވެކްސިން ޖެހުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ގައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ، ކުރިއަށް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top