ފުރަތަމަ މެޗުން އޭދަފުށި މޮޅުވެއްޖެ

DSC_9256-01.jpeg

މިއަދު ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

އޭދަފުށީގައި މިއަދު ހަވީރުފެށި ފެށި ބ.ފުޓްބޯލް ޗެލެންޖް ގެ ފުރަތަމަ މެޗު ، ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި ގޮއިދޫ ޔޫތު ސޮސައިޓީ ބަލިކޮށް، ކްލަބް އޭދަފުށި ކާމިޔާބު ކޮށްފިއެވެ.

އަބަދުވެސް އަތޮޅު ލެވެލްގައި އެންމެ ވާދަވެރި ދެޓީމުގެ ގޮތުގައި ބެލެވިފައިވާ މި ދެޓީމުގެ މިއަދުގެ  ކުރިމަތިލުން އޭދަފުށި 2-1 އިން ކާމިޔާބުކޮށްފައި ވާއިރު، މިއީ އަތޮޅު ފެންވަރުގައި ގޮއިދޫގެ މައްޗަށް އޭދަފުށިން ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 20ވަނަ މިނެޓުގައި ގޮއިދޫގެ ޝައްމޫން ޖަމީލްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް އޭދަފުށީގެ އަލީ ނަސީމް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެވަނަ ހާފް ފެށިތާ ގިނައިރުތަކެއް ނުވެ މެޗުގެ 51ވަނަ މިނެޓުގައި އޭދަފުށީގެ އަނަސް މުހައްމަދު ވަނީއިތުރު ލަނޑެއް ޖަހައި ލީޑު ނަގައިދިފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޝަރފްވެރި ކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ ޝާހީ މޫސާ (ހިތޭ) އެވެ.

މިމަހުގެ 20ގެ ނިޔަލަށް އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށް ދާ މި މުބާރާތުގައި އެ އަތޮޅުގެ ފުޅަދޫ އާއި ކަމަދޫ ނޫން ހުރިހާ ރަށަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތަކީ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުގެ ފަރާތުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާ ގުޅިގެން ބ.އަތޮޅުގެ ރަށްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި  ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި މާދަމާ ވާދަކުރާނީ ހިތަދޫއާއި ތުޅާދުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top