ފެހެންދޫ އާއި ފުޅަދޫގެ ބަނދަރުހަދަން ބަޔަކާ ހަވާލުކޮށްފި

big_pceKA594HRSA4nNnjxWdnfSGg.jpg

ފެހެންދޫއާއި ފުޅަދޫގެ ބަނދަރު ހަދަން އެމްޓީސީސީ އާއި ހަވާލު ކުރުން--ފޮޓޯ : އަހުމަދު އަޔާދު/އަވަސް.އެމްވީ

އެއްފަޅަކުން ގުޅިފައިވާ ބ.ފެހެންދޫ އާއި ފުޅަދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު އޮތް ރަސްމިއްޔާތުގައި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އިން ސޮއި ކުރީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

މި އެއްބަސްވުމުގައި ވާ ގޮތުން މި ދެރަށުގެ ބަނދަރު ފުންކޮށް، ބޭރުތޮށް ހަދައި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރު ތޮށި ހެދުމުގެ އިތުރުން ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ވެސް ކުރަން ޖެހެއެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 49.6 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ. ފުޅަދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 48.2 މިލިއަން ރުފިޔާ އަށް 390 ދުވަހަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top