އިޝީތާ އުޅެނީ ބަލިވެ. ޔޭހޭ މުހައްބަތޭ ޝޫޓްކުރަމުންދަނީ ގަދަހުމާއެކު

660943.jpg

ދިވްޔަންކާ: ޔޭހޭ މުހައްބަތޭގައި އުޅޭ އިޝީތާ

ޓީވީ އިންޑަސްޓްރީގައި މަސައްކަރް ކުރާ ތަރިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ޓައިޓް ޑެޑްލައިނެއްގައި ގިނަ ވަގުތު އަދި އެއްވެސް ޗުއްޓީއެއްނެތި މަސައްކަތް ކުރަންޖެހޭ ބައެކެވެ. ސްޓާރަކު ބަލިވިޔަސް އަދި ސިއްހީ ހާލަތު ކިތަންމެ ދަށް ވިޔަސް ޓީވީ ސީރީޒްތަކުގައި މަސައްކަތްކުރާ މީހުން ޖެހިފއިވަނީ އެހެން މީހުންގެ އުފަލަށް ޓަކައި އެމީހުންގެ ވަގުތުތައް ގުރުބާންކުރާށެވެ.

ސްޓާރ ޕްލަސްއިން ކޮންމެ ރެއަކު ދައްކަމުންދެންދާ ޑްރާމާ ސީރީޒް ކަމުގައިވާ “ޔޭހޭ މުހައްބަތޭ “ގެ ބަތަލާ ދިވްޔަންކާ (އިޝީތާ )އަކީ މީގެ މިސާލެކެވެ. އޭނާ އުޅެނީ ވަރަށް ބޮޑަށް ހުން އައިސް ފުލޫ ވެސް ޖެހިގެންނެވެ. ލައިފް އޯކޭ އިން ދައްކަން މިމަހު ދައްކަން ހަމަޖެހިފައިވާ އޭނާގެ އަންނަން އޮތް ކޮމެޑީ ޑްރާމާ “ހަމާރީ ބަހޫ ރަޖްނީކާންތް ” އާއި “ޔޭހޭ މުހއްބަތޭ “ކުޅެމުން ގެންދަނީ ގަދަ ހުމާއެކުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު އެއްވެސް ޝަކުވާއެއްނުކޮށް ޝޫޓްކުރަމުންދަނީ ހިނިތުންވުމާއެކުގައިކަމަށް ފާހަގަކޮށްފައިވެއެވެ.

ހަމާރީބަހޫ ރަޖްނީކާންތަކީ ކޮމެޑީ ޑްރާމާއެކެވެ. މި ޑްރާމާގައި ލީޑް ކުރަނީ ދިވްޔަންކާއެވެ. އޭނާއަކީ ޓެލެ ޑްރާމާ ތަކުން ހޮވާލެވިފައިވާ އެއްވަނަ ބަހޫ ނުވަތަ ދަނބިދަރި ކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މި ސީރީޒް ޕްރޮޑިއުސްކުރަނީ ސޮނާލީ ޖެފަރއެވެ. މިއީ ޔޭހޭ މުހައްބަތޭގެ ވާހަކަ ވެސް ލިއުނު ލިއުންތެރިޔާއެވެ.

ޔޭހޭ މުހައްބަތޭގެ ޝޯއިން ފާއިތުވި މަހެއްހާދުވަހުގެ ތެރޭގައިވަނީ ސަޕްރައިޒް އެތައް ކަމެއް ދައްކުވައިދީފައެވެ. އެންމެބޮޑު ސަޕްރައިޒަކީ ދިވްޔަންކާ ވަނީ މިޑްރާމާގައި އުޅޭ ވިވެކްދާހިޔާ (އޭސީޕީ އަބީޝޭކް) އާއި ދާދިފަހުން ހަގީގީ ދިރިއުޅުމުގައި އެންގޭޖްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top