އޭދަފުށީގެ މަގުހެދުމަށް ބޭނުންވާތަކެތި ގެންނަން ފަށައިފި

image-f4cd62166b3172ca92bca112995b03ae5563092fdca22f8c5c2c009c1bf48fa8-V.jpg

އޭދަފުށީގެ މަދު ހެދުމަށް ބޭނުންވާ ތަކެތި ލޭންޑިންގ ކްރާފްޓަށް ލޯޑްކުރަމުންދާއިރު ދާއިރާގެ މެންބަރު ސަލީމް އަދި ބ.އަތޮޅު ކޯޑިނޭޓަރ މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވަނީ. ފޮޓޯ: އީވީ

އޭދަފުށީގެ މަގު ހެދުމަށް ބޭނުންވާ ބައެއް މެޝިންތައް މިއަދު އޭދަފުއްޓަށް ގެންނަންފަށައިފިއެވެ. އެގޮތުން މިއަދު ހެނދުނު އޭދަފުއްޓަށް އައި ލޭންޑިންގ ކްރާފްޓެއްގައި ގެނެސްފައިވަނީ މިމަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޝިނަރީސް އާއި އެކަމާ ގުޅޭ އެހެނިހެން ތަކެތިކަމަށް އެމްއާރްޑީސީއިން ބުނެއެވެ.

ސަރުކާރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އޭދަފުށީގެ 15 މަގެއް ތާރުއަޅައިގެން ހެދުމަށްހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫން 16ގައެވެ. އެއް އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެއްްބަސްވުމުގައި އެމްއާރްޑީސީން ސޮއި ކުރުމަށްފަހު އެރަސްމިއްޔާތުގައި އެމްއާރްޑީސީގެ އެމްޑީ އިބްރާހީމް ނަޒީމް ވިދާޅުވީ ލަސްތަކެއް ނުވެ މި މަސައްކަތް ފައްޓާނެކަމަށާއި އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

އެހެންނަމަވެސް މިމަސައްކަތަށް ބޭނުންވާ ބައެއްތަކެތި އޭދަފުއްޓަށް އެތެރެ މިކުރެވުނީ އަދިކިރިޔާ އެވެ.

މަދު ހެދުމުގެ މަސައްކަތަށް މިއަދު ގެނައި ބައެއް ތަކެތި އޭދަފުއްޓަށް ބޭލުން- ފޮޓޯ : އީޓީ

މަދު ހެދުމުގެ މަސައްކަތަށް މިއަދު ގެނައި ބައެއް ތަކެތި އޭދަފުއްޓަށް ބޭލުން- ފޮޓޯ : އީޓީ

33މިލިޔަން ރުފިޔާ އަށް އެމްއާރްޑީސީ އާ ހަވާލުކުރި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތު އަންނަ ޖޫން 16ގައި ހަމަވާނެއެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top