ބީއެމްއެލް އިން އެމެކްސް ކާޑުތަކުގެ ސެކިއުރިޓީ ކޯޑުތަކަށް ބަދަލު ގެނެސްފި

b_hJixvPuvYnQQh3Jg7EsweaBxV.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުގެ ސެކިއުރިޓީ ކޯޑުތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ޕޭމަންޓް ގޭޓްވޭއަށް ދާދިފަހުން ގެނައި ބަދަލާއެކު އޮންލައިން ވިޔަފާރިތަކުގައި އެމެކްސް ކާޑު ބޭނުންކުރާ ނަމަ ސެކިއުރިޓީ ކޯޑުގެ ގޮތުގައި ބޭނުންކުރާ ކާޑު ވެރިފިކޭޝަން ވެލިއު (ސީވީވީ) ކޯޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އޮންލައިން ވިޔަފާރިތަކުގައި އެމެކްސް ކާޑު ބޭނުންކުރާއިރު މިއަދުން ފެށިގެން ބޭނުން ކުރަންޖެހޭނީ ކާޑުގެ ކުރިމަތީގައި ޖަހާފައި އިންނަ ހަތަރު އަދަދުގެ ކޯޑު ކަމަށް ބޭންކުން ބުންޏެވެ.

އެމެކްސް ކާޑުތަކުގެ ސީވީވީ ގޮތުގައި މިހާތަނަށް ބޭނުންކުރަމުން އައީ ކާޑުގެ ފަހަތުގައި އިންނަ ތިން އަދަދުގެ ކޯޑެކެވެ. ނަމަވެސް މި ބަދަލާއެކު އެ ކޯޑު ޖަހައިގެން ވިޔަފާރިއެއް ނުކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top