ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓްއޮފީހުން ލަފާ ކުރެއެވެ.

މެޓް އޮފީހުން ބުނީ އިއްޔެއަށް ވުރެ މިއަދު މޫސުން ގޯސްވާނެކަމަށެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުތެރޭ އާދަޔާ ޚިލާފަށް ކަޑުގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

”މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ“ މެޓް އޮފީހުން ބުނެފައިވެއެވެ.

މިއަދު ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިޔަވަރު ބޮޑުވެ، އުދައެރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

“11:30 ފެށިގެން 05:30 ވައިޓް އެލާޓް ނެރެފައިވާނީ އުދަ އަރާނެކަމަށް ލަފާކުރެވޭތީ،” އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ މީހުން މިދުވަސްވަރު ޚާއްސަ ސަލާމުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑު ދަތުރު ކުރާއިރު އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުޅަނދުގައި ހުންނަން ޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓް ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުން ކުރެވޭ ހާލަތެއްގަ ތޯ ޔަގީންކުރުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހަމައެހެންމެ މި ދުވަސްވަރު ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އަޅައިގެން ނޫނީ ދަތުރުނުކުރުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top