ކަމަދޫ ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި

kamadhoo-mtcc-pw3w5r2brboalcdef3lhx7b4y17rrosdb5zwjn9j74.jpg

ބ. ކަމަދޫ ބަނދަރު ހެދުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިއަދު އެރަށަށް ގެންގޮސްފި އެވެ.

ކަމަދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މިމަޝްރޫއުގެ ދަށުން މިހާރު ހާބަރު ބޭސިން ފުންކޮށް ނިމިފައިވާކަމަށެވެ.

މި މަޝްރޫއު ގައި 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ހާބަ ޕޭމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް  ހިމެނެއެވެ.

މިއީ 47.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top