”ކިޑްސް”އިން ކިހާދޫ ބޯޅަގޭގައި މުށިޖަހައިދިފި

21231152_1424350587618765_8390985899273346821_n.jpg

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) ފަރާތުން އެރަށު ބޯޅަގޭގައި މުށި ޖަހައިދީފިއެވެ.

ދީލަތި ފަރާތެއްގެ މަދަދުވެރިކަމާއެކު މި މަސައްކަތް ކޮށްނިންމުމަށްފަހު މިހާރު ވަނީ ކިހާދޫ ކައުންސިލާ ހަވާލު ކޮށްފައިކަމަށް ކިޑްސް އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ހަމްދު މޯލްޑިވްސް އާއި ނުގާ ކުންފުނީގެ އެހީތެރިކަން ފާހަގަކޮށް މިދެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް ކިޑްސްއިން ބުނެއެވެ.

ކިހާދޫގެ ތަރައްގީއާއި ކުރިއެރުުވުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އުފެދުނުތާ  ދެއަހަރުވާން ކައިރިވެފައިވާއިރު މި ޖަމިއްޔާއިން އިންވަނީ ރަށުގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެރަށުގެ ބޯޅަގެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާއި މިއަހަރުގެ އާތުޑޭ ފާހަގަ ކުރުމުގެ ގޮތުން ހިންގި މައިގަނޑު ހަރަކާތް ކަމުގައިވާ ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައިވާ ފަނާ ނުވާޒާތުގެ ކުނި ސާފުކުރުން ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top