ކަމަދޫގެ ކުރީގެ އިންޖީނުގޭގައި މަސްތުވާ ތަކެތި ބޭނުންކުރާތީ އަންހެނުންތަކެއް ނުކުމެ ވަށާ ފާރުން ބައެއް ތަޅާލައިފި

kamadhoodrug.jpg

ބ. ކަމަދޫ ކުރީގެ އިންޖީނުގެ ގައި މަސްތުވާ ތަކެތި ބޭނުން ކުރާތީ އެރަށު އަންހެންވެރިން ނުކުމެ ތަޅާލަނީ ފޮޓޯ = މީސްމިޑިއާ ޝަފީގު

ކަމަދޫގައި ޔޫތު ސެންޓަރެއް އެޅުމަށް ޔޫތު މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައިވާ އެރަށު ކުރީގެ އިންޖީނުގޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާތީ އެކަމާ ދެކޮޅަށް އަންހެނުންތަކެއް ނުކުމެ އެތަނުގެ ވަށާ ފާރުން ބައެއް ތަޅާލައިފިއެވެ.

އިއްޔެ މެންދުރު ހިނގި މި ހަދިސާ އާބެހޭ ގޮތުން ކަމަދޫން އީވީއާ ވާހަކަ ދެއްކި މީހަކު ބުނީ އެތަނަކީ ޔޫތު މިނިސްޓްރީ އާ ހަވާލު ކޮށްފައި ވާ ބިމެއް ކަމާއި އެގޯތި އެހެން އިމާރާތެއް ނުކޮށް ފަޅަށް ހުރުމުން ހުރުމުން މަސްތުވާ ތަކެތީގެ ހާއްޔަކަށް ބަދަލުވެފައިވާތީ މަސްތުވާ ތަކެއްޗާދެކޮޅަށް މިރަށު އަންހެނުންތަކެއް ނުކުމެ އެތަނުގެ ވަށާ ފާރުން ބައެއް ތަޅާލީ މަގުން ހިނގާފައިދާ މީހުންނަށްވެސް އެތަން ފެންނާނޭ ގޮތަށް ހެދުމުގެ ގޮތުންނެވެ. އެމީހުން ނުކުމެ ތަޅާލާފައިވަނީ ވަށާ ފާރުން މަގުމައްޗަށް ވީފަރާތުން ބައެއް ކަމާ ތަޅާލާފައިވަނީ ވަރަށް ދުވަސްވެފައިވާ މުސްކުޅި ފާރެއް ކަމުގައެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި ކުރިން އިންޖީނުގެ ހިންގި އިމާރާތް ހުރި އެގޯތި ވަނީ ޔޫތު ސެންޓަރެއް އިމާރާތް ކުރުމަށް ޔޫތު މިނިސްޓްރީން ބޭނުންވެގެން އެރަށު ކައުންސިލުން ޔޫތު މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައެވެ.

“ކަމަދޫ ކައުންސިލްގެ ފަރާތުން މިހާރު ވަނީ ޔޫތު މިނިސްޓްރީގައި އެތަން އަނބުރާ ކައުންސިލަށް ހަވާލު ކުރުމަށް އެދިފައި . ” އީވީއަށް މައުލޫމާތު ދެމުން ކަމަދޫ އިން ވާހަކަ ދެއްކި އެރަށުގެ ރައްޔިތަކު ނަން ނުޖެހުމަށް އެދި ވިދާޅުވިއެވެ.

މިކަމާބެހޭ ގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް ގުޅާލުމުން މިއަދަކީ ކައުންސިލް ބަންދު ދުވަހަކަށް ވާތީ މައުލޫމާތު ލިބޭނެ ގޮތް ވަނީ ނުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top