އަދުލު އިންސާފު ގާއިމް ކުރުމަކީ އެންމެން ވެސް ބޭނުންވާކަމެއް: އެމްޕީ. ސަލީމް

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

އަދުލު އިންސާފު ގާއިމު ކުރުމަކީ އެންމެންވެސް ބޭނުންވާ ކަމެއް ކަމަށާ އެހެންނޫންނަމަ އަދުލު އިންސާފު ހޯދާނެ ގޮތެއް ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.

ސަލީމު، މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާހަގަ ކުރެވުނު 17 ކަމެއް ހިމެނުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓާއި ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަދުލްއިންސާފު ގާއިމް ކުރުމަކީ އެންމެން ވެސް ބޭނުންވާކަމެއް. އިއްޒަތްތެރި ރައީސް އާއި އަދި އެމްޑީޕީގެ 65 މެންބަރުންނާއި އެއްވަރަށް އަޅުގަނޑުމެން ވެސް ބޭނުންވާ ކަމެއް. މާދަމާ އަޅުގަނޑުމެން ޝަރީޢަތާއި ކުރިމަތިލާއިރު އެތަނުގައި އަދުލްއިންސާފު ނެތިއްޔާ ކިހިނެއްތޯ އަދުލްއިންސާފު ހޯދާނީ. އެހެންވީމަ އަޅުގަނޑުމެން ވެސް އަދުލްއިންސާފު ބޭނުންވާނެ ނޫންތޯ.” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބި ފަސް ފަނޑިޔާރުން ވަކިކުރަން ބޭނުންވާނަމަ ކޮންމެހެން މަޖިލީހަށް ގަރާރުތަކެއް ހުށަހަޅަން ނުޖެހޭކަމަށާއި، ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ފަހު އެބޭފުޅުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އެކަން ނިމުނީ އެވެ.

ސަލީމް ވިދާޅުވީ އިސްލާމްދީނުގައި ހުކުމް ކުރަނީ ބޭރުފުށަށް ކަމަށްވާއިރު ބައެއް ފަހަރު މޮޅަށް ވާހަކަދައްކާ މީހާގެ ކޮޅަށް މައްސަލަތައް ނިމޭ ކަމަށެވެ. އަދި ކޮންމެ ފަހަރަކު މައްސަލަތައް ވަކި ގޮތަކަށް ނިމެނީ ނުފޫޒެއް ފޯރުވައިގެން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top