ހައްލަކީ ފްލެޓް- ރައީސް ފާތިހު

DSCN3530-800x490-800x490.jpg

އޭދަފުށީ ހިއްކި ބިން

އޭދަފުށިން ގޯތި ދިނުމަކީ ގޯތީގެ މައްސަލަ ހައްލު ވުން ނޫންކަމާއި ހައްލަކީ ގޯތީގެ ބަދަލުގައި ފްލެޓްދިނުން ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެ އެވެ.

ފާތިހު މިހެން ވިދާޅުވީ ރަށު ކައުންސިލުގެ ފުރަތަމަ 100ދުވަސް ހިނގައި ދިޔަގޮތާ ބެހޭގޮތުން އީވީއަށް ދެއްވި އިންޓަވިއުގެ ތެރޣައި ވާހަކަ ދައްކަވަމުންނެވެ.

ފާތިފު ވިދާޅުވީ އޭދަފުށިން ގޯތި ބޭނުންވާ މީހުންނަށް ގޯތި ދެވޭ ވަރަށް ބިން ނެތް ކަމަށާއި އިތުރަށް ހިއްކާނެ ތަނެއް ފަޅުގައި ވެސް ނެތް ކަމަށެވެ.

”މިރަށަށް ބޭނުންވާ ވަރަށް ލޭންޑެއް ވެސް ނެތް. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ ފްލެޓް އަޅައިގެން ކަމަށް ގޯތީގެ ކަންތައް ހައްލުވާނީ. ގެވަޅެއް ދީގެން ނޫން ހައްލު ވާނީ. އަޅުގަނޑުމެން ވިސްނަން ޖެހޭނީ ހަމައެކަނި ކުރިއަށް އޮތް 10 އަހަރަކަށްނޫން.” ފާތިހު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ފާތިހު ވިދާޅުވީ މިމައްސަލައިގާ ސަރުކާރާ ވާހަކަ ދައްކަވައި އެކަމާބެހޭ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާވެސް ވާހަކަ ދައްކަމުން އެބަގެންދަވާ ކަމަށް ވިދާޅުވި އެވެ.

”ދާދި ފަހުން މިރަށަށް ޓޫރިޒަމް މިިނިސްޓަރު ވަޑައިގަތުމުން މިނިސްޓަރު އަރިހުގައިވެސް ދަންނަވާފައިވާނެ މި ރަށުގައި ސިޓީ ހޮޓަލެއް އަޅާފަ 100 ފްލެޓް އަޅައިދޭން.” ފާތިހު އިތުރު ކޮށްލެއްވި އެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް 2017 އަދި 2018 ވަނަ އަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top