ރައީސް ޔާމީނަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު: އެމްޕީ ސަލީމް

b_UBqOKJQcZd1RjBPsi33BcjU9Y.jpg

ރައީސް ޔާމީނަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އެމްޕީ. ސަލީމް މިހެން ވިދާޅުވީ ރޭ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެެވެ.

ސަލީމު ވިދާޅުވީ ޔާމީން އިއްޔެ ދެެއްކެވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާން ވާން ތައްޔާރަށް ހުންނެވި ކަމުގެ ރީތި މިސާލެއް ކަމަށެވެ. ބޮޑު ތަކުރުފަނަކީ ޕޯޗްގީޒުނރާއްޖޭގެ މައްޗަށް ޕޝްގީރުން ވެރިވެގަނެ މިބޮޑުތަކުރުފަނަކީރާއްޖޭގެ

“ރައީސް ޔާމީނަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު” ސަލީމް ވިދާޅުވިއެވެ.

ބޮޑު ތަކުރުފާނަކީ ދިވެހިންގެ ބަޔަކާ ގުޅިގެން އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި އަލިރަސްގެފާނު ޝަހީދުކޮށް 17 ވަރަކަށް އަހަރު ވެރިކަން ކުރި ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ގައުމީ ބަތަލެވެ

ބޮއެމްޕީ ސަލީމް، ބޮޑުތަކުރުފާނާ ރައީސް ޔާމީން އެއްހަމަ ކުރެއްވީ “އިންސާފު ހޯދަން” ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސް ނަގައިގެން އިއްޔެ ބޭއްވި މުޒާހަރާގައި ޔާމީން ބައިވެރިވެ ވަޑައިގެންނެވުމުން އެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެ އެވެ.

މުޒާހަރާ ފަށައިގެން ކާނިވާ ސަރަހައްދުން ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޔާމީންގެ ގެކޮޅު ކައިރިއަށް ވަނީ އެއްވެފައެވެ.

ރައީސް ޔާމީންގެ ގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވުމުން ރައީސް ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ބޮޑު ދިދައަކާއެކު މުޒާހަރާގައި ބައިވެރިވެފައެވެ. އަދި ދިދަ ވިހުރުވަމުން މުޒާހަރާގަައި އެމަނިކުފާނުވަނީ އެގޮތަށް ގާތްގަނޑަކަށް 10 މިނެޓްވަރު ވަންދެން ބައިވެރިވެފައެވެ.

އިދިކޮޅު ކޯލިޝަނުން ފުރަތަމަ ނިންމާފައި އޮތީ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން ފަހުން އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން ވަނީ ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް އެއްވެފައެވެ.

 

ޔާމީން އެ އިހުތިޖާޖުގައި ބައިވެރިވެ ވަޑައިގެންނެވުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވަނީ ޔާމީން ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top