ކެންދުއާއި ކަމަދޫގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއު ބައްލަވައިލެއްވުމަށް ޝާހު ވަޑައިގެންފި

IMG_20210911_150837.jpg

ބ. ކަމަދުއާއި ކެންދޫގައި އެމްޑަބްލިޔުއެސްސީ އިން ހިންގާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި ހަސަން ޝާހު ވަޑައިގެންފި އެވެ.

މި ދެ ރަށުގައި ހިންގާ މި ޕްރޮޖެކްޓުތަކުގެ ދަށުން މިހާރު ކުރިއަށް ދަނީ އާރުއޯ ބިލްޑިންގެ މަސައްކަތެވެ.

ކެންދޫގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންއަކާއި 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި ފެން ރައްކާކުރުމަށް ތިން ތާނގީއާއެކު ފެން ހިންދާ ނިޒާމެއް ގާއިމް ކުރާނެއެވެ. އަދި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފޯލް އެއް ގާއިމް ކުރާނެއެވެ.

ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 56.24 މިލިއަން ރުފިޔާ އަށެވެ.

56.66 މިލިއަން ރުފިޔާއަށް ކަމަދޫގައި ފެނާއި ނަރުދަމާ އެޅުމަށް އެމްޑަބްލިޔުއެސްސީ އާ ހަވާލު ކޮށްފައިވާ އިރު މިމަޝްރޫއުގެ ދަށުން އެރަށުގައި 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއްގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބަހައްޓާނެއެވެ. އަދި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top