ބ.ގޮއިދޫ ސްކޫލްގެ ކޯޗް ،ކޯޗިންގ ކޯހެއްގައި ލަންކާއަށް

l_152197969665F2JI-1.jpg

ނިޒާމްއާ ކޯޗިން ކޯހުގެ ޑޮކިއުމަންޓްސްތައް ހަވާލުކޮށްދެއްވަނީ _ ފޮޓޯ : ސަން އޮންލައިން

ބ.ގޮއިދޫ ސްކޫލްގެ ވޮލީ ކޯޗް އަދި އެސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ، ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް ) އިން ދެއްވި ކޯޗިންގ ކޯހެއްހައި ލަންކާ އަށް ފުރައިފިއެވެ.

ވީއޭއެމް އިން މި ކޯސް ނިޒާމް އަށް ދެއްވާފައިވަނީ ކުޅިވަރުގެ ރޮނގުން ޚާއްސަކޮށް ވޮލީ ބޯލައިގެ ރޮނގުން ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި  ކޯޗެއްގެ ގޮތުން ހުންނެވީ ނިޒާމް ކަމަށާ ވާތީ އެކަމުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ވީއޭ އެމް އިން ބުނެއެވެ.

ވޭތުވެދިޔަ ތިން އަހަރުވެސް ގޮއިދޫ ސްކޫލް ވަނީ އިންޓަ ސްކޫލް ވޮލީ މުބާރާތުން ފާހަގަކުރެވޭ ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން މިއަހަރުވެސް ގޮއިދޫ ސްކޫލުން ވަނީ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.

އެފްއައިވީބީ ކޯޗިން ލެވެލް އެކެއްގެ ކޯހަކަށް މިއަދު ނިޒާމް ލަންކާއަށް ފުރާފައިވަނީ ވީއޭއެމްއާއި ޔޫތު މިނިސްޓްރީގެ ސްޕޮންސާގައެވެ. ނިޒާމްގެ ކޯޗިން ކޯސް ލަންކާގައި ކުރިއަށްދާނީ މިމަހުގެ 26 އިން 30 އަށެވެ.

“ނިޒާމްގެ ހިދުމަތަށް ބަލާފައި އޭނާއަށް ފުރުސަތު ދޭން ނިންމީ. ގޮއިދޫގެ ޓީމުތައް މިހާރު އިންޓަ ސްކޫލް މުބާރާތައް ކުޅޭތަން ހަތަރު ވަރަކަށް އަހަރުވީ. މެދު ނުކެނޑި އެކި އުމުރުފުރާތަކުން އެޓީމުތައް އަންނަނީ ޗެމްޕިއަންކަން ހޯދަމުން،” ނިޒާމްއަށް ހަދިޔާކުރި ކޯހާ ގުޅިގެން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި އޭވީސީގެ ބޯޑު މެމްބަރު މުހައްމަދު ލަތީފު (ލަތީބެ) ސަން ސްޕޯޓްސްއަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top