ރަންނާ އެވޯޑް ދިނުމުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ

DSC_0925-800x456-800x456.jpg

ބ.އޭދަފުށީ މާފަރު އަބްދުއްރަހްމާން ހަސަން އަށް ރަންނާ އެވޯޑް ހަވާލު ކޮށް ދެއްވަނީ - އީވީ ފައިލް ފޮޓޯ

ބ.އަތޮޅު ކައުންސިލްގެ ފަރާތުން ތައާރަފްކޮށްފައިވާ ރަންނާ އެވޯޑް ދިނުމުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

ރަންނާ އެވޯޑަކީ ބ.އަތޮޅަށް ޚާއްސަކޮށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ނަށާ އަތޮޅަށް ރީތި ނަން ހޯއްދަވާ ދެއްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން އަތޮޅު ކައުންސިލުން ތައާރަފް ކޮށްފައިވާ އެވޯޑެކެވެ.

މި ހަފްލާގައި ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅުންނަށާއި އަތޮޅަށް ރީތި ނަން ހޯދައިދީފައިވާ ބޭފުޅުންނަށް ވެސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވެއެވެ.

އެއް އަހަރުގެ މެދު ކެނޑުމަށްފަހު 2016 ވަނަ އަހަރު ތައާރަފްކުރި ރަންނާ އެވޯޑު ދިނުމުގެ ހަފްލާ މި ބާއްްވަނީ މިއަހަރުއެވެ.

އެވޯޑް ދިނުމުގެ ހަފްލާ ވީޓީވީން ލައިވް ކުރާނެކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top