ކުރިއަށްވެސް އޮތީ ހޫނުގަދަ ދުވަސްތަކެއް

news-1507883730-1286.jpg

އިރުވައި މޫސުމުގެ ފަހުގެ ދުވަސްތައް ގުނެވެމުންދާއިރު ކުރިއަށްވެސް އޮތީ ހޫނުގަދަ ދުވަސްތަކެއް ކަމަށާ އެހެންކަމުން ސިއްހަތަށް ސަމާލު ވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

އެ އިދާރާއިން ބުނީ އާންމުކޮށް ކޮންމެ އަހަރެއްގެވެސް މާޗް މަހާއި އޭޕްރިލް މަހު އެހެން މަސްތަކަށްވުރެ ރާއްޖޭގެ ފިނިހޫނުމިން މައްޗަށް ދާކަމަށާ ރާއްޖޭގެ ހޫނު މޫސުމުގެ ގޮތުގައި ބެލެވޭ މި ދުވަސްވަރު ވާރޭ ވެހުން މަދުވެ ވައިގެ ތެތްކަން ކުޑަވާކަމަށެވެ. އޭގެ ސަބަބުން ހަންގަނޑު ކުރަކި ވުމާއި މާ ބޮޑަށް ދާހިއްލުން ފަދަ ސިއްހީ މައްސަލަތައް ދިމާވެ އެވެ. އެހެން ކަމުން މިފަދަ ދުވަސްވަރެއްގައި ގިނަ އިރު އަވީގައި ނޫޅުމަށާއި ދިޔާ އެއްޗިހި ގިނައިން ބުއިމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްކަމަށްވެސް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ބުނީ، މިމަހުގެ މިހާތަނަށް އައި އިރު ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ 33 ޑިގްރީއަށެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއަށްވުރެ ހޫނުމިން މައްޗަށް ހިގައިދާނެކަމަށް ނުބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގައި ފިނިހޫނިމިން އާންމު ގޮތެއްގައި ހުންނަނީ 29 ޑިގްރީއާއި 30 ޑިގްރީއާ ދެމެދު އެވެ. މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top