ރެޑްވޭވްގެ ރޯދަސޭލް: އެއްވަނަ އިނާމަކަށް މިފަހަރު ނަގުދު އެއްލައްކަ ރުފިޔާ

big_cLEKkMw332RB5bz-800x534-800x534.jpg

"ރެޑްވޭވް " ގެ ފިހާރައެއްގައި އާއްމުންގެ ބަޔަކު ވިޔަފާރި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ރެޑް ވޭވް ފިހާރަތަކުން ފައިސާގެ ބޮޑެތި އިނާމު ތަކާއެކު މިއަހަރުގެ ރޯދަ ސޭލް ފަށައިފިއެވެ.

ރެޑްވޭވްގެ ފިހާރަތައް މަޝްހޫރުވެފައިވަނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން އެންމެ އަގުހެޔޮކޮށް ގަންނަން ލިބޭ ފިހާރަތަކުގެ ގޮތުގައެވެ.

މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ “ރެޑްވޭވް ރޯދަ ސޭލް” ގެ އެއްވަނަ އިނާމަކަށް މިއަހަރު ނަގުދު 100،000ރ. ދޭން ނިންމާފައިވާއިރު ދެވަނަ އިނާމަކީ ބައިލައްކަ ރުފިޔާ އެވެ. އިތުރު 10 އިނާމުގެ ގޮތުގައި  10،000ރ. ދިނުމަށް ވެސް ނިންމާފައިވެއެވެ.

300ރ. އިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް ވެސް މި ސޭލްގައި ބައިވެރި ވެވެއެވެ.

މި ސޭލްގެ މައުލޫމާތު ދެމުން ރެޑްވޭވް ކުންފުނިން ބުނީ މުދަލުގެ އަގު ހެޔޮވާނެކަމަށާއި މިސޭލް ވެގެން ދާނީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނަގުދު ފައިސާ ދޭ ސޭލަށް ކަމަށެެވެ.

“ބޭނުން ވަނީ ކަސްޓަމަރުންނަށް ތަފާތު ހަދިޔާ ދިނުމުގެ ބަދަލުގައި ނަގުދު ފައިސާ ދޭން. އޭރުން ރޯދަ އަށް އެ މީހަކު ބޭނުންވާ އެއްޗެއް ފަސޭހަ އިން ހޯދޭނީ ވެސް،” އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ އެއްޗެއްހެން ރެދްވޭވް އިން ލިބެން ހުންނާނެކަމަށާ މި ސޭލްގެ ސަބަބުން އަގު ހެޔޮކޮށް މުދާ ގަންނަން އަންނަ ބަޔަކަށް ވަރަށް ބޮޑު ލުމެއް ލިބިގެންދާނެކަމަށެވެ.

“އަޅުގަނޑުމެން މިވަނީ ރޯދައާ ދިމާކޮށް ބަދިގެ އާއި ގޭތެރެ އަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ގެނެސްފައި. އަދި މި ތަނުން މި ވިއްކަނީ ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ ހެޔޮ އަގުގައި،” އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މި ފަހަރުގެ ސޭލްގައި އެ ކުންފުނިން ހިންގާ ދިހަ ފިހާރަ އިން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.

ރެޑްވޭވް ކުންފުނިން މާލޭގައި ކާބޯތަކެއްޗާއި ބަދިގެ އަށް ބޭނުންވާ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ވިއްކާ ނުވަ ފިހާރަ ހިންގާ އިރު، ހުޅުމާލޭގައި ވެސް ބޮޑު ސުޕަ މާކެޓެއް ހިންގަ އެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top