އަތޮޅު ކައުންސިލް ބަށި މުބާރާތް ފަށައިފި

DSCN1239.jpg

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ކިހާދޫއާއި ގޮއިދޫމެޗު -ފޮޓޯ : އީވީ

ބ.އަތޮޅު ކައުންސިލްގެ ބަށި މުބާރާތް މިއަދު ފަށައިފިއެވެ. އޭދަފުށީ ދެކުނުފަރާތު ހިއްކި ބިމުގައި މިއަދު ހަވީރު މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި ވާދަކުރީ ގޮއިދޫ އާއި ކިހާދޫއެވެ. ތަފާތު ބޮޑުކޮށް މިމެޗު ކާމިޔާބު ކޮށްފައިވަނީ ގޮއިދޫ ޓީމެވެ. މިމެޗުގައި ގޮއިދޫ ޓީމުން 32ލަނޑު 8 ފޯލި ހަދާފައިވާއިރު ކިހާދޫ ޓީމަށް ދެވިފައިވަނީ 17ލަނޑު 11 ފޯއްޔެވެ.

ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ހިތާދޫއާއި މާޅޮހެވެ.  27 ލަނޑު 7ފޯލިން މެޗު ކާމިޔާބުކުރީ ހިތާދޫ އެވެ. މާޅޮހަށް ހެދިފައިވަނީ 18ލަނޑާއި ދެ ފޯއްޔެވެ.

މާޅޮސް-ހިތާދޫ ބައްދަލުކުރި މެޗު . ފޮޓޯ : އީވީ

މާޅޮސް-ހިތާދޫ ބައްދަލުކުރި މެޗު . ފޮޓޯ : އީވީ

 

މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ  އޭދަފުށްޓާއި ކިހާދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ހިތާދޫއެވެ. ފުރަތަމަ މެޗު ފެށޭނީ ހަވީރު 3:45 ގައި އޭދފުށީ ދެކުނު ފަރާތު ހިއްކި ބިމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top