ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި. އެންމެ މޮޅު ދަރިވަރަކީ އިޒްހަތުއާއި އަޝްހާ

DSCN1421.jpg

ކުލަގަދަ ރަސްމިއްޔާތަކާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ އެސްކޫލްގައި ބާއްވައިފިއެވެ.

މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއުއެވެ.

ހަޔަރ ސެކްންޑްރީ ގްރޭޑުން މިދިޔަ އަހަރު ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ  ގްރޭޑް12 އޭ ގެ އިޒުހަތް ޝަމީމްއެވެ. ސެކަންޑްރީ ގްރޭޑުން މިދިޔަ އަހަރު ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ ގްރޭޑް  10 އޭ ގެ އަޝްހާ އަލީ ވަހީދު އެވެ. މި ކުދިންނަށް އިނާމާއި އެވޯޑް އަދި ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ އިނާމު ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހްމާން އަހްމަދު ޝަފީއު އެވެ.

dsc_2739-1

އިޒްހަތު މިމަގާމާ ހަމައަށް އައިސްފައިވަނީ  ކްލާސް ޕްރައިޒް ، ސަބްޖެކްޓް ޕްރައިޒް އިން ބައިލޮޖީ ، އޮނަލިސްޓެޑް އެވޯޑްސް ، ޕާސްޑް އިން އޯލް ކަރިކިޔުލަމް ސަބްޖެކްޓްސް އެޓް އެޑެކްސެލް ޖީސީއީ އޭލެވެލް އެންޑް އެޗްއެސްސީ އެގްޒަމިނޭޝަންސް 2016 ، ޑިސްޓިންކްޝަންސް އިން އިސްލާމް / ދިވެހި / މެތަމެޓިކްސް / ބަޔޮލޮޖީ / ކެމިސްޓްރީ / ފިޒިކިސް އެޓް އެޑެކްސެލް ޖީސީއީ އޭލެވެލް އެންޑް އެޗްއެސްސީ އެގްޒަމިނޭޝަންސް 2016 ، ބެސްޓް ޓެން ރިޒަލްޓްސް އިން ސްކޫލް ލެވެލެ އެޓް އެޗްއެސްސީ އެންޑް އިންޓަރނޭޝަނަލް އެޑްވާންސް ލެވެލް އެގްޒަމިނޭޝަންސް 2016 ހޯދައިގެންނެވެ.

dsc_2730

އަޝްހާ ވަނީ ސެކަންޑް ޕްލޭސް އެމޯންގްސްޓް ދަ ނެޝެނަލް ޓޮޕް ޓެން އެޗީވާރޒް އިން ދަ ސެކަންޑަރީ ސްކޫލް ކޮންޕްލީޝަން އެގްޒަމިނޭޝަންސް  2016 ހާސިލްކޮށްފައެވެ.

 

އިނާމު ލިބުނު އިތުރު ކުދިންގެ ތެރޭގައި ނެޝަނަލް އެވޯޑް ހޯދި ކުދިންނާއި  އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 8 ން މަތީގެ ކްލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިން ހިމެނެ އެވެ. އެގޮތުން ސަތޭކައަށް ވުރެ ގިނަ ދަރިވަރުންނަށް ރޭގެ ޖަލްސާ ގައި އިނާމު ލިބިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top