ވަރަށް ފެންވަރު ރަނގަޅު ބެޑްމިންޓަން ކޯޓަކާ ޓީ.ޓީ.އަދި ބިލިޔާޑްއާއި ޑާޓްފަދަ ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަ ބ.އަތޮޅު ޒުވާނުންގެ މަޒުކަޒު އޭދަފުށީ ކައުންސިލާ ހަވާލުކޮށްފިއެވެ.
މި އިމާރާތް އޭދަފުށީކައުންސިލާ ހަވާލުކުރީ ޔޫތު މިނިސްޓްރީއާއި އޭދަފުށީ ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެތަނަކީ އަތޮޅުގެ އެންމެން ޚިދުމަތް ހޯދަން ހުންނަ ތަނަކަށް ވިޔަސް އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިހާރު މިފަދަތަންތަން ތައާރަފްކުރަން ރާވާފައިވާތީކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން އެއިމާރާތް ބ.އަތޮޅު ކައުންސިލުން ވަކިކޮށް އޭދަފުށީ ކައުންސިލާ ހަވާލުކުރީ މި އިމާރާތުން އަތޮޅުގެ ޒުވާނުންނަށް ކޮށްދެވުނީ ކޮންކަމެއްބާއޭ ޒުވާނުން ސުވާލު އުފައްދަމުންދަނިކޮށެވެ.
އޭދަފުށި ކައުންސިލާ އެތަންހަވާލުކުރުމަށްފަހު އޭދަފުށީ ކައުންސިލުން ކިތަންމެ ބާރުލާފައި ޒުވާނުންނަށް މިތަނުގައި ގިނަ ހަރަކާތްތަކެއް ހިންގާނެކަމަށް ބުންޏަސް ރަށު ކައުންސިލަކީ ރައްޔިތުންގޮވައިގެން ކަމެއްކުރަން ކުރަން އުޅޭ ވަރުގެ ބުރަދަނެއްހުރި ބައެއްބާއޭ ނުވަތަ އެފަދަ ގާބިލްކަމެއްހުރިތަނެއްބާއޭޭ މިއީ ޒުވާނުންގެ ކުރިމަތީގައި އޮންނާނޭ އެންމެ ބޮޑު ސުވާލެވެ.