ރަށްރަށުގައި މިއަހަރު އީދު ލައިޓް ނުދިއްލާނެ

large_174332651634XeSx.jpg

މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ނިންމައިފިއެވެ.

ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ކޮމިޓީގެ ޗެއާމަން، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.

ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު ނިންމީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުންތައް ދިއްލަން ކަމުގަ އެވެ.

އަދި ސިޓީތަކުގައި ވެސް ދިއްލުންތައް ހުރިހާ ސަރަހައްދެއްގައި ނުދިއްލާނެކަމަށާއި، ދިއްލުން ދިއްލާނީ ވަކި ސަރަހައްދު ތަކެއްގައިކަމަށް ޚަލީލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޚަރަދުކުޑަކުރުމަށް ސަރުކާރުގެ ތެރެއިން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި އެ ފިޔަވަޅުތައް އަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

އީދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިއްލުންތައް ދިއްލައި ޒީނަތްތެރި ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ކަމެކެވެ. އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ އީދުގެ އުފާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top