ސީނިއަރ މަގާމުތަކުގައި %60 ދިވެހިން ހިމަނަން ފާސްކޮށްފި

b_QUHawPVyWZ8C7qvGzVPWyB6YH.jpg

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: މަޖިލިސް އިދާރާ

50 މުވައްޒަފުންނަށްވުރެ އިތުރަށް ވަޒީފާ އަދާކުރަމުން އަންނަ ކުންފުނި ތަކުގެ ސީނިއަރ މަގާމުތަކުގައި 60 ޕަސެންޓު ދިވެހި މުވައްޒަފުން ހިމަނަން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އިޖުތިމާއީ ކޮމެޓީއިން ފާސްކޮށްފި އެވެ.

މި އިސްލާހުގެ އިތުރުން ވެސް މިއަދު އޮތް އިޖުތިމާޢީ ކޮމެޓީއަށް ވަނީ ހުށައަޅައި ފާސްކޮށްފައެވެ.

އެ އިސްލާހުގައިވަނީ 50 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި މުވައްޒަފުންނާއި ބެހޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަން ވާނީ ދިވެހި މުވައްޒަފެއް ކަމަށެވެ.

ވަޒީފާތަކުގައި އެންމެ މަދުވެގެން ދިވެހިން ތިބެންޖެހޭ އަދަދެއް ކަނޑައަޅާފައި އޮންނަނީ ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި އެކަންޏެވެ. ޓޫރިޒަމް މިނިސްޓްރީން 2012 ވަނަ އަހަރު އަންގާފައިވާ އެންގުމެެއްގެ ދަށުން އެ އަދަދު މިހާރު އޮންނަނީ 45 ޕަސެންޓްގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top