ކަސޯޓީގެ އަނޫރާގް ގެ ރޯލަށް ސޮބްތީ؟

barun-sobti-and-his-magnificent-looks-920x518.jpg

ބަރުން ސޮބްތީ

ސްޓާ ޕްލަސް ގެ މަޝްހޫރު ޑްރާމާ “ކަސައުޓީ ޒިންދަގީ ކީ”  ގެ ލީޑް އެކްޓަރު އަނޫރާގް ބާސޫގެ ބައި އަދާކުރަމުން އަންނަ ޕާތު ސަމްތާންގެ އެޝޯ ދޫކޮށްލަން ނިންމުމާއި ގުޅިގެން އެރޯލަށް އާ ތަރިއަކު ހޯދުމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން ކުރަމުން އަންނަތާ މިހާރުވަނީ ދުވަސްކޮޅެއް ވެފައެވެ.

އެގޮތުން އެރޯލަށް އާ ތަރިއަކު ހަމަޖެއްސުމަށް ޓީމުން ކުރި މަސައްކަތުން މިހާރުވަނީ ދެ ތަރިއަކު ޝޯޓް ލިސްޓް ކުރެވިފައިކަމަށް ޕިންކްވިލާ އިން ބުނެއެެވެ. އޭގެ ތެރެއިން އެކަކީ “ހޭޓް ސްޓޯރީ4” ން ފެނިގެން ދިޔަ ކަރަން ވާހީ އެވެ. އަނެކަކީ ސްޓާ ޕްލަސްއިން ގެނެސް ދިން މަޝްހޫރު ސިލްސިލާ ޑްރާމާ “އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން” ގެ ލީޑް އެކްޓަރު ބަރުން ސޮބްތީ އެވެ.

މީގެ ތެރެއިން ކަސޯޓީގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ބޮޑަށް ބޭނުންވަނީ ބަރުން ލައްވާ އަނޫރާގް ގެ ރޯލު ކުޅުވާށެވެ. އެކަމަކު ބަރުން އަދި މި ކަމާބެހޭ ގޮތުން މީޑިއާގައި ވާހަކައެއް ނުދައްކައެވެ.

ކަސޯޓީގައި މިހާރު އަނޫރާގްގެ ބައި ކުޅެމުން އަންނަ ޕާތު ޝޯ ދޫކޮށްލުމާބެހޭ ގޮތުން ބުނެފައިވަނީ އޭނާގެ ސިއްހީ މައްސަލަތަކުގެ އިތުުރުން އެހެން ޕޮރޮޖެކްޓްތަކެއްވެސް ހުރުމާއެކު އެކަންކަމަށް ވަގުތު ބޭނުންވަނީ ކަމަށެވެ. އޭނާ ކަސޯޓީގެ ޝޫޓިންގައި އެންމެ ފަހުން ބައިވެރިވާނެ ތާރީޚަކީ އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހެވެ.

ކަސޯޓީގައި ޕާތް އާއި އެކު ޕްރޭނާގެ ބައި ކުޅެމުން އަންނަ އެރިކާ ފެނާންޑޭސް ވެސް އެ ސިލްސިލާ ދޫކޮށްލާ އަޑު ފެތުރުނެވެ. އެކަމަކު އޭނާ ވަނީއެއީ ހަގީގަތެއް ނޫންކަމަށްފަހުން ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top