ރަށުގެ ތަރައްގީ އަށް ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ: މެޑަމް ފަޒްނާ

big_hYoBJSayBOJVXzrptqUhcMoae.jpg

މެޑަމް ފަޒްނާ، ހަނިމާދޫ އަންހެނުންގެ ކޮމިޓީއާ ބައްދަލު ކުރެއްވުން--ފޮޓޯ : އަވަސް

ރަށްރަށުގެ ތަރައްގީއަށް ރައްޔިތުންގެ ހިޔާލު ހޯދައި އެމީހުންގެ ބޭނުންތަކަށް އިސްކަން ދިނުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަބިކަބަލުން މެޑަމް ފަޒްނާ ވިދާޅުވެއްޖެ އެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވީ ހަނިމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ހަނިމާދޫގައި ހުންނަ ބެއަފޫޓް ހޮޓެލްގައި މިއަދު އޮތް ބައްދަލު ވުމުގަ އެވެ.

މި ބައްދަލު ވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް މެޑަމް ފަޒްނާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެކަނބަލުން ވަނީ ހަނިމާދޫ އަންހެނުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކަސްރަތުކުރާ އަންހެން އިންސްޓްރަކްޓަރެއް ހޯދުމާއި، އަދި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

“ކަންކަން ކުރިއަށް ގެންދެވެން ހުރި މަގުތައް ދެނެގަނެ އެކަންކަމަށް މަގުފަހިކުރުމަށް މަސައްކަތްކުރަން ޖެހޭ. ކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވި ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާނަން” ފަޒްނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީ އެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top