ރައީސްގެ ދަތުރުފުޅު އަވަސްވެއްޖެ

53101_4d5d6c78-f_-768x486.jpg

2014 ވަނަ އަހަރު ރައީސް ޔާމީން އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. އަންނަމަހު ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނެކަމުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވެފައި / ފައިލް ފޮޓޯ

ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަންދުލްގައްޔޫމް އޭދަފުއްޓަށް ވަޑައިގަތުމަށް  ކުރިން ހަމަ ޖެހިފައިވަނީ އަންނަ އަންގާރަ ދުވަސްކަމަށް ވިޔަސް މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުކަން އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސްގެ މި ދަތުރުފުޅަށް އޭދަފުށީގެ ބަނދަރު ސަރަހައްދުވަނީ ޒީނަތްތެރިކުރަން ފަށާފައެވެ. ގައުމީ ކުލަތަކުން އެސަރަހައްދު ޒީނަަތްތެރި ކުރަމުން އަންނައިރު ރައީސް އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ސްޓޭޖް ސަރަހައްދުގަ އެވެ.

ރައީސް ބ.އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި އޭދަފުށީގެ އިތުރުން ތުޅާދު އާއި ކެންދޫ އަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވަނީ އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމަށާއި، އޭދަފުށިގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށްޓަކައެވެ. ބައެއް މަސްދަރުތަކުން މައުލޫމާތުދޭގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އޭދަފުށީގައި ތަރައްޤީގެ މަޝްރޫއެއް އިޢްލާންކުރައްވަންވެސް ހަމަޖެހިފައިވެއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު މިއީ ބ. އަތޮޅަށް ކުރައްވާ 3ވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅުގައި އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް 2014 އޭޕްރީލްމަހު އޭދަފުއްޓަށް ވަޑައިގަތެވެ. ދެވަނަ ދަތުރުފުޅުގައި 2015ވަނަ އަހަރު ވަޑައިގަތީ ބ. ގޮއިދޫއަށެވެ. އެފަހަރު ގޮއިދޫގައި ޕީޕީއެމް ޖަގަހައެއް ހުޅުއްވައިދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top