ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ދޭން ފަށަނީ

DSCN0967.jpg

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފި އެވެ.

އެސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދޭނީ ފައިޒާ ވެކްސިންކަމަށެވެ. އަދި މި ވެކްސިން މިމަހުގެ ތެރޭގައި ލިބޭނެކަމަށާ އަންނަ ހަފުތާގެ ތެރޭގައި ވެކްސިން ޖަހަން ފެށޭނެ ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މާބަނޑު މީހުންނާއި، ހާއްސަ ބަލިތަކުގެ މީހުންނަށް ދިނުމަށް ހާއްސަކޮށްފައިވާ ފައިޒާ ވެކްސިންވެސް މި މަހުގެ ތެރޭގައި ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނަށްވެސް ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ.

ރާއްޖެއިން މިހާރު ހުސްވެފައިވާ ފައިޒާ ވެކްސިންގެ ޝިޕްމަންޓެއް މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް އެޗްއީއޯސީން ބުނި ނަމަވެސް ރާއްޖެއަށް ލިބެނީ ކިތައް ޑޯޒްކަމެއް އެޗްއީއޯސީން ބުނެފައެއް ނުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top