ޕީސީއާރުޓެސްޓު ނުހަދައި ދަތުރުކުރެވޭނެ އުސޫލެއް

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓް ނުހަދައި ދަތުރުކުރެވޭނެ އުސޫލުތަކެއް ކަނޑައަޅައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާބާދީގެ ފަސް ޕަސެންޓަށް ވުރެ މަދުން ކޮވިޑް-19 ގެ ބަލީގެ މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓަކާ ނުލައި ސެޕްޓެމްބަރު އެކަކުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށެވެ.

މިހާރު އޮންނަ އުސޫލުގައި ވާ ގޮތުން ވެކްސިންގެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ ފަރާތްތަކަށްވެސް އަތޮޅުތެރެއަށް ދަތުރުކުރެވެނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ އަކާއެކުގައެވެ.

“12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުނީމަ، އަދި މީގެ ތެރޭގައި 65 އަހަރުން މަތީގެ 95 އިންސައްތަ މީހުންނާއި ގެސްޓްހައުސް ހިންގާ ރަށެއްގައި ނަމަ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 95 އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރީމަ މިގޮތަށް މި ދެވެނީ،” ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އެގޮތަށް ދަތުރުކުރެވޭނީ ފުރާ ރަށުގައި ސާމްޕަލް ޕޮޒިޓިވިޓީ ފަސް އިންސައްތަ އަށް ވުރެ ދަށުގައި ހުރިކަމަށް ވާނަމަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top