ފުރަތަމަ ދައުވާ އުފުލަން ޖެހެނީ ނަޝީދުގެ މައްޗަށް: އަދުރޭ

img_md_202006220948041592844484.7604.jpeg

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ޕީޕީއެމް

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކަމަށް އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

އަދުރޭ މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އިއްޔެ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެ ގޮތުން ކުށެއް ކޮށްފި މީހަކު މައާފަށް ނޭދިއްޖެ ނަމަ ޖިނާއީ ދައުވާ ފަށާއި އެމީހަކު ޖަލުގައި ހުންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް އިންސާނީ ހައްގުތަކަށް އަރައިގެންފައި ވާތީ، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަން ޖެހޭނީ ނަޝީދުގެ މައްޗަށް ކަމަށެވެ.

“އިންސާފުވެރިކަމާއެކު މި މައްސަލަ އަލުން ބަލަން ފުރުސަތު ދޭން ކެރޭނެބާ،” އަބްދުއްރަހީމް ސުވާލު އުފައްދަވާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ނަޝީދުގެ މައްޗަށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ.

ޖަލުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ބޮޑުވެއްޖެކަމަށް ވިދާޅުވެގެން ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނެވެ. 2016 ޖެނުއަރީގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވިއެވެ. އެއަށް ފަހު ނަޝީދު ރާއްޖެއަށް ވަޑައިގަތީ ނޮވެމްބަރު 1، 2018 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top