ރައީސް އިބޫގެ ފުރަތަމަ 100ދުވަސް : އުއްމީދާ އުފާވެރިކަން

F9ZKg6sKXRI2VyBi4793AOlplPNIh0sEHhpGsRGsgallery2018Nov17014127-755x435.jpg

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހު ވަޑައިގެންނެވުން- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގިނަ ކަންތައް ތަކެއް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފިއެވެ.

އަތޮޅުތެރޭގެ ރައްޔިތުންވެސް ހިމެނޭ ގޮތަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފައިވާ މުހިއްމު ކަންތައް ބަލާއިރު ފުރަތަމަ 100ދުވަހުގެ ތެރޭގައި ކަރަންޓްގެ އަގު ހެޔޮ ކޮށްދޭނެ ކަމުގެ ވައުދާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ހެނދުނު ގެ ނާސްތާ ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

“ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ. ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލެވޭނެ. ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ،” ރައީސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ފަސްޓް ޑިގްރީއަށް ކިޔެވުން ވެސް ހިލޭ ކޮށްދެއްވާނެ ކަމަށާއި ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތާއި ސްކޫލު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބޫގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަންތަކެވެ. އެ ވައުދު ތަކަށް ބޭނުންވާ ފައިސާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެހެންނަމަވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ހައްޖުގެ އަޅުކަމަށް ބޭނުންކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޖެހެއެވެ.

 

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުނން ކައުންސިލްތަކަށް ބާރު ދެއްވާނެ ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެށޭނެކަމަށެވެ.

ކައުންސިލްތަކަށް ބާރުދިނުމަކިީވެސް ރައީސް އިބޫގެ އިންތިހާބީ ވައުދެކެވެ.

ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ މުރާރުތުންގަ ގެ އިތުރުން އެކި ގައުމުތަކުގެ އިސް ޑިޕްލޮމޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top