މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. މިއީ އެމަނިކުފާނުގެ ފުރަތަމަ ނިންމެވުމެވެ.
މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެއްވީ ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ އުފަލުގައި “ދުޅަހެޔޮ ހަށިހެޔޮ” ކުޅިވަރު އީދު ބޭއްވުމަށް ނިންމާފައިވާތީއެވެ. މި ހަރަކާތުގައި ރައީސް ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މާދަމާ މެންދުރު 14:00 ން ފެށިގެން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:00 ން ފެށިގެން 23:00 އަށް މި ފެސްޓިވަލްގެ ޙަރަކާތްތައް ކުރިއަށް ދާނެއެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ހާއްސަ ފުޓްބޯޅަ މެޗެއް ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުގައި ސިޔާސީ އެކި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.