ބ.އަތޮޅު ކައުންސިލްގެ ރައީސަކަށް މަބްރޫކް

10985036_495490383951974_4629116540317371331_n-1.jpg

އަލަން އިންތިހާބު ކުރި ބ. އަތޮޅު ކައުންސިލުގެ ރައީސް އަކަށް އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވައިގެން ގޮޑި ކާމިޔާބުކުރެއްވި މަބްރޫކު ނަސީރު އިންތިޚާބު ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ނާއިބުރައީސަކަށް ވެސް އިންތިޚާބުކޮށްފައިވަނީ އެމްޑީޕީ ޓިކެޓްގައި ތުޅާދު ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު އަފްރާހް އެވެ.

މިއަދުވަނީ އޭދަފުށީ ކައުންސިލްގެ ރައީސް އާއި ނައިބުރައީސްވެސް އިންތިޚާބު ކޮށްފައެވެ. އޭދަފުށި ކައުންސިލްގެ ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ތޮލާލް އަބްދުއްރަޙްމާންއެވެ. ނައިބު ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ޙައްވާ ސަމީޙާއެވެ. މި ދެބޭފުޅުން ކައުންސިލަށް ހޮވިފައިވަނީ ޕީޕީއެމްގެ ޓިކެޓްގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top