އަތޮޅު ކައުންސިލާ، އޭދަފުށި ކައުންސިލް ހުވާ ކުރައްވައިފި

IMG_20170603_111258.jpg

ބ. އަތޮޅު ކައުންސިލާ، އޭދަފުށީ ކައުންސިލަށް އަލަށް އިންތިހާބުވީ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ކުރިން މިއަދުގެ ރަސްމިއްޔާތުގައި މަޑުކޮށްލައްވައިގެން / ފޮޓޯ: އޭދަފުށީ ވޮއިސް

ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އަތޮޅު ކައުންސިލް 3 ގޮނޑި ކާމިޔާބުކުރެއްވި 3 ކައުންސިލަރުންނާއި، އޭދަފުށި ކައުންސިލްގެ 5 ގޮނޑި ކާމިޔާބުކުރެއްވި 5 ކައުންސިލަރުން ކައުންސިލަރުކަމުގެ ހުވާ ކުރައްވައި، ކައުންސިލްތަކާ ހަވާލުވެ ވަޑައިގެންފިއެވެ.

ކައުންސިލަރުން ހުވާ ކުރެއްވީ ދެންމެ އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގްގެ ހޯލްގައި ބޭއްވި ހުވާ ކުރެއްވުމުގެ ދަރުބާރުގައެވެ.

މިއަދުގެ ދަރުބާރުގައި ދެކައުންސިލްގެ މެމްބަރުންނަށްވެސް ހުވާ ލައިދެއްވީ ބ. އަތޮޅު ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި، ބ. މާޅޮހު ކޯޓްގެ މެޖިސްޓްރޭޓް އަބްދުއްރަޝީދު ޔޫސުފްއެވެ.

ހުވާކުރެއްވުމުގެ ދަރުބާރުގައި އޭދަފުށީގައި ހުރި ސަރުކާރުގެ އިދާރާތަކާ، ކުންފުނިތަކުގެ އިސްވެރިންނާއި، މުވައްޒަފުން އަދި ސްކޫލް ދަރިވަރުން ބައިވެރިވިއެވެ.

ކައުންސިލްގެ ހުވާ ކުރެއްވުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިއަދު މެންދުރުކުރި ކުރިޔަށް ގެންދިއުމަށްހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top