ފުޑްފެއަރ ވަރަށް ކާމިޔާބު: ވަފާ

1.jpg

ގޯލްޑަން ޖުބިލީ ފާހަގަ ކުރުމަށް ފަންޑު ހޯދުމުގެ ގޮތުން ވަފާ ޖަމިއްޔާ އިން ބޭއްވި ފުޑް ފެއަރ ގެ ތެރެއިން- އީވީ ފޮޓޯ :ގައްޔޫމް

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ފަންޑު ހޯދުމަށް އިއްޔެ އޭދަފުށީ ފުށި ފަންނުގައި ބޭއްވި “ރަން ޔޫބީލް ފުޑް ފެއަރ” ވަރަށް ކާމިޔާބު ކަމަށް ޖަމިއްޔަތުލް ވަފާ އިން ބުނެފިއެވެ.

ވަފާއިން މި މައުލުމާތު އީވީއާ ހިއްސާ ކުރަމުން ބުނެފައިވަނީ ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ފުޑްފެއަރ އިން ލިބިފައިވާ ކަމަށާ މި ކަމުގައި އޭދަފުށީގެ ގިނަ ބަޔަކު ބައިވެރިވުމުން އިއްްޔެގެ އެ ހަރަކާތުން އެނގިގެން ދިޔައީ އިޖްތިމާއީ ވަރުގަދަ ރޫހެއް އޭދަފުށީގައި އެބަ އޮތް ކަމުގައެވެ.

“ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ފުޑް ފެއަރއަށް ލިބުނު. އަޅުގަނޑުމެން އެ ފެއަރއަށް ޚާއްސަ ކޮށްގެން ތައްޔާރު ކުރި ހުރިހާ އެއްޗެއް މުޅިން ހުސްވި.” ނަން ޖެހުމަށް އުޒުރު ވެރިވަމުން އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަންޔޫބީލް ހަރަކާތްތަކަށް ފަންޑް ހޯދުމުގެ ގޮތުން ބޭއްވި މި ފުޑްފެއަރ ގައި ބައިވެރިވި ފަރާތް ތަކަށާ އިންތިޒާމް ކުރި ހުރިހާ ފަރާތްތަކަށް ވެސް  ވަފާއިން ޝުކުރު ދަންނަވާކަމަށާ އި އުއްމީދު ކުރަނީ މިފަދަ ކޮންމެ އިވެންޓަކަށް ވެސް ރައްޔިތުންގެ ތަރުހީބު ކުރިއަށް އޮތް ތަނުގައިވެސް ލިބޭނެ ކަމުގައެވެ.

ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރ 1968 ގައެވެ.

ޖަމިއްޔަތުލްވަފާ އިސް ނަގައިގެން މި ރަސްމިއްޔާތު ކުލަގަދަ ކޮށް ފާހަގަ ކުރުމަށް ނިންމާފައިވާ އިރު ގިނަ ބަޔަކަށް ފުުރުސަތު ދިނުމުގެ ގޮތުން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތް ތައް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު މަާޗްގައި ލިބޭ ސްކޫލް ތަކުގެ ފުރަތަމަ ޓާމް ޗުއްޓީގެ ތެރޭގައެވެ.

ކުޅިވަރު އީދެއްގެ ގޮތުގައި އެއް ހަފްތާ ވަންދެން މެދު ނުކެނޑި “ރަން ޔޫބީލް އީދު”  ކުރިއަށް ގެންދިއުމަށް ވަފާއިން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top